ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.
މި ޚިދުމަތް ފެށުމަށް މިލަންދޫ ސިއްހީ މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ.
މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) އާއި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ.
އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެކްރޭ ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ މިލަންދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ޞިއްޙީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަަޝްވަރާކުރަށްވާފައެވެ.
މީގެ އިތުރުން ވަޒީރާއި ޞިއްޙީ ވުޒާރާގެ އިސްވެރިން، ވަނީ މިލަންދޫ ގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް ދާގޮތް ވެސް ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!