މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.
ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރާއިރު، އައްޑޫ ސިޓީ ހިތަދޫގައި ދެ ޕާކު ތަރައްގީކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޭނުންވަނީ ހަމައެކަނި ޕާކް ސެޓްތައްކަމަށް ވެސް ބުންޏެވެ.
އެޗްޑީސީއާ ހަވާލުކުރެވުނު ޕާކުތަކުގެ މަސައްކަތް ކުރިއަށްގެންދާނެ ރަށްތަކުގެ ތެރެއިން ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ރަށްތަކަކީ، ހއ. މޮޅަދޫ އާއި ފިއްލަދޫ، ހދ. ހަނިމާދޫ އާއި ނޮޅިވަރަމް އަދި ށ. ކަނޑިތީމު އާއި މިލަންދޫ އެވެ.
އެހެނިހެން ރަށްތައް:
- ނ. އަތޮޅު: ޅޮހި
- ރ. އަތޮޅު: ހުޅުދުއްފާރު، މާކުރަތު، ކިނޮޅަސް، އިންނަމާދޫ، އިނގުރައިދޫ އަދި ފައިނު،
- ބ. އަތޮޅު: ފެހެންދޫ އަދި ކުޑަރިކިލު،
- ވ. އަތޮޅު: ފުލިދޫ، ކެޔޮދޫ،
- ދ. އަތޮޅު: މީދޫ،
- ތ. އަތޮޅު: ވޭމަންޑޫ، ތިމަރަފުށި އަދި ގުރައިދޫ،
- ލ. އަތޮޅު: މާބައިދޫ، ދަނބިދޫ އަދި މުންޑޫ،
- ގއ. އަތޮޅު: ވިލިނގިލި އަދި ކަނޑުހުޅުދޫ،
- ގދ. އަތޮޅު: ގައްދޫ،
- ސ. އަތޮޅު/އައްޑޫ ސިޓީ: ހުޅުދޫ، ހިތަދޫ 1، ހިތަދޫ 2، މަރަދޫފޭދޫ އަދި ފޭދޫ.
އެޗްޑީސީއާ ހަވާލުކުރެވުނު 32 ޕާކާއެކު، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކާ ހަވާލުކުރެވިފައިވާ ޕާކުތަކުގެ ޖުމްލަ އަދަދު ވަނީ 46 އަށް އަރާފައިކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީން ބުނެއެވެ.
ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ސީއެސްއާރު ޕްރޮޖެކްޓުގެ ދަށުން 2 ޕާކު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) 2 ޕާކު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމް.ޓީ.ސީ.ސީ) އިން 4 ޕާކު އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 6 ޕާކު ހެދުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!