ދޯންޏެއްގައި މަހަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން ފެނިއްޖެއެވެ.
މިލަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިހުސާން ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:30 އެހާއިރު މަހަށް ދިއުމަށް ދޯނީގައި ފުރި ފަހުން އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަށް އެކަން އެންގުމާ ގުޅިގެންނެވެ.
އިހުސާން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އޭނާ ހޯދުމުގެ މަސައްކަތުގައި މިލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މިލަންދޫ ކައުންސިލުން ވަނީ އޭނާ ހޯދުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދި، އިހުސާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އާއިލާއަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.
އިހުސާން ފެނިފައިވަނީ ކިހިނެއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ސަލާމަތުން ހުއްޓާ ފެނުމަކީ އާއިލާއަށާއި ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!