ފުނަދޫ ޔުނިޓީ ކަޕް ވޮލީމުބާރާތް މި މަހު 21 ގައި ފަށަނީ
ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މި މަހު 21 ވަނަ ދުވަހު ފަށާނެއެވެ. މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ […]