ދުނިޔޭގެ ކަނޑުތަކާއި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ނަލަވެށި ށަވިޔަނި 2025" ޕްރޮގްރާމުގެ ދަށުން ށ. ފުނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ފުނަދޫ ދަށްފަޅުގެ އިރުމަތި އަދި ހުޅަނގު ފަރާތު ހޭޅި ސަރަހައްދާއި ނިކަގަސް ބީޗުގެ ސަރަހައްދުތައް ހިމެނޭހެން ފުނަދޫ ކައުންސިލާއި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުން ވަނީ ސާފުކޮށްފައެވެ.

Ad
ooredoo

ފުނަދޫ ކައުންސިލުގެ ރައީސް އަޙުމަދު އިބްރާހީމްފުޅު "ތިލަދުން" އަށް ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން އެހާ ގިނަ ކުނި ނެގިފައިނުވާއިރު، ގިނައިން ނެގިފައިވަނީ ގޮނޑުދޮށަށް ލައްގާފައިވާ ކުނި ކަމަށެވެ. ސަބަބަކީ 2014 ވަނަ އަހަރުން ފެށިގެން ފުނަދޫގެ އެއްވެސް ސަރަހައްދަކަށް ކުނި އެޅުމަކީ މަނާ އަމަލެއް ކަމަށް ނިންމާފައިވުމުން ގޮތުން ފުނަދޫ ފާހަގަވެފައިވަނީ ސާފުތާހިރު ރަށެއްކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަދަ ކޮމިއުނިޓީ އިވެންޓް ތަކުގައި އަބަދުވެސް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަމަށާއި ރައްޔިތުންގެ ފަރާތުން މި ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާކަމަށެވެ.

އަދި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތާނގައި ކާމިޔާބުކަމާއެކު ބޭއްވޭނެ ކަމަށް އުންމީދުކުރަމުން ފުނަދޫ އަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ފާހަގަވެފައިވާ ފާހަގަވުންދެމެހެއްޓުމަށްޓަކައި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް އަމަލުތައް ބެހެއްޓުމަށް ރައީސް އިލްތިމާސްކޮށްފައިވެއެވެ.

Ad
df

މި ހަރަކާތުގައި އެއްކުރެވުނު ކުނިތައް ފުނަދޫ ކުނިކޮށްޓަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވަނީ ފުނަދޫ ކައުންސިލުންނެވެ.