ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ "ޔުނިޓީ ކަޕް 2025" ވޮލީ މުބާރާތް މި މަހު 21 ވަނަ ދުވަހު ފަށާނެއެވެ.

މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ ވީޓީއެވެ.

Ad
rt

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޔަންގް ފޯސް، ޖޭޑަބްލިއު މެރިއޮޓް، ކޮމަންޑޫ އެސްސީ އަދި ފޯޓީ ޕްލަސް އެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މާއުނގޫދޫ، ޒޮލޭން އަދި މެކްސް އެސްސީއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 21 ވަނަ ދުވަހުގެ ރޭ 20:30 ގައި ވާދަކުރާނީ ޔަންގް ފޯސްއާއި މެރިއޮޓްއެވެ.

މި މުބާރާތުގައި ރާއްޖެއިން ބޭރު ކުޅުންތެރިންނާއި އަދި ރާއްޖޭގެ އެންމެ މަތީފަންތީގައި ވޮލީ ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ ޔުނިޓީ ސްޕޯޓްސް އެކަޑަމީން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.