ށ. ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުގެ ސެޝަންތަކެއް ބާއްވަފިއެވެ.

އެގޮތުން މި މައުލޫމާތުގެ ސެޝަންްތައް ބާއްވާފައިވަނީ ށ. އަތޮޅުގެ ފުލުހުންގެ އިސްނެގުމާއި ހިންގުމުގެ ދަށުން، ށ. ފުނަދޫ ކައުންސިލް އިދާރާއަށާއި، ށ. އަތޮޅު ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް ވަކި ވަކިންނެވެ.

Ad
rt

މި ސެޝަންތަކަކީ، ށ. އަތޮޅުގައި ސްކޭމްގެ މައްސަލަތައް ފެންމަތިވުމުގެ ސަބަބުން، މިފަދަ މައްސަލަތަކުގައި ބޭނުންކުރަމުން އަންނަ ވައްޓަފާޅިއާއި، މިފަދަ ކަންކަމުގައި ރައްކާތެރިވެވޭނެ ގޮތުގެ މައްޗަށް އާންމުން ހޭލުންތެރިކުރުމަށް ހިންގޭ ހާއްސަ ޕްރޮގްރާމްތަކެއްގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.

މި ފަހަކަށް އައިސް މީސްމީޑީއާގައި މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވަމުން އަންނާތީ، ފުލުހުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކަހަލަ ކުށްތަކާ ބެހޭ ގޮތުން ރައްޔިތުން އަހުލުވެރިކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ގެ ސެޝަންތައް ބާއްވައި، މައުލޫމާތު ހިއްސާކުރަމުންނެވެ.

މީގެ އިތުރުން ސްކޭމްތަކުން އާންމުން ހޭލުންތެރިކުރުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ.