ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި
ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]