ށ.ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ އެ ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އެ ފަޅަކީ ގިނަ އަދަދަކަށް "މަޑް ކްރެބް" އާލާވާ ތަނެކެވެ.

Ad
rt

އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީކުރާއިރު ހިމެނިދާނެ ކަންކަމުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ތަފާތު މޫދު ކުޅިވަރުތައް ކުޅުމުގެ އިންތިޒާމާއި ފްލެމިންގޯފަދަ ދޫނިތައް ބެލުމަށް ހާއްސަ ޕްލެޓްފޯމާއި މަޑް ކްރެބް އާލާކުރާނެ މަރުކަޒުތަކާއި ފްލޯޓިން ރެސްޓޯރެންޓެއް ހިމެނުމަށް މައުލޫމާތު ޝީޓްގައި ވަނީ ލަފާ ދީފައެވެ.

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފުނަދޫ ކައުންސިލްގެ އީމެއިލް އެޑްރެހަށް ޝައުގުވެރިކަން ފާޅުކޮށް މެއިލް (info@funadhoo.gov.mv) ކުރެއްވުމަށް ފަހު މި މަހުގެ 24 ވަނަ ދުވަހު 13:00 އަށް އެ އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުމަށް އެ އިދާރާއިން އެދެއެވެ.

މައުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/202358.pdf