ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ.

Ad
rt

އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން ނެގޭނެކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާހް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

މި މަސައްކަތުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގައި ޕާސްޕޯޓް ހިދުމަތް ވަނީ ފަށާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފައެވެ.