ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ށ. ފުނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީ އެއްގައި ހުއްދަނެތި ފުރި ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުން ބުނެފިއެވެ. ފުލުހުން މިއަަދު ބުނީ ށ. ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ހުއްދަ ނުހޯދައި ފުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. ހުއްދަ ނެތި އެ ޑިންގީގައި ފުރި މީހުން އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި، […]