ފުނަދޫގައި މިސްކިތެއް އިމާރާތްކުރުމަށް ބިންގާ އަޅައިފި

CC1FBA01-242E-4F7D-894A-59D0271D8016

ށ ފުނަދޫ ގައި މިސްކިތެއް އިމާރާތް ކުރުމަށް ބިންގާ އަޅައިފިއެވެ.

މިސްކިތް އިމާރާތްކުރުމަށް ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ އެވެ. މިނިސްޓަރ ޒާހިރު އިއްޔެ ފުނަދޫ އަށް ވަޑައިގަތީ ށ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައެވެ.

ދައުލަތުގެ ބަޖެޓުން 4529846 ރުފިޔާ (ހަތަރު މިލިއަން ފަސް ލައްކަ ނަވާވީސް ހާސް އަށްސަތޭކަ ސާޅީސް ހަ ރުފިޔާ) ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތް ހެދުމަށް ހަވާލުކޮށްފައި ވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ށ ފުނަދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި އެރަށުގެ އިސް ރަށްވެހިނާބައްދަލު ކުރައްވާފަ އެވެ. އަދި ފުނަދޫ މިސްކިތްތަކަށް ޒިޔާރަތްކޮށް އެމިސްކިތްތަކުގެ ހާލަތުވެސް މިނިސްޓަރ ވަނީ ބައްލަވާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި