ށ. ފުނަދޫގައި ސަރުކާރުން އަޅަމުންދާ އެއަރޕޯޓުގައި، ރެސްޓޯރަންޓެއް އިމާރާތްކޮށް، ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
މިކަމަށްޓަކައި ރީޖަނަލް އެއަރޕޯޓްސް އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރީޖަނަލް އެއަރޕޯޓްސް އިން ދޭ ކުރެހުމާ އެއްގޮތަށް ރެސްޓޯރެންޓެއް އިމާރާތްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތްތަކުން ސެޕްޓެމްބަރު 24 ގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދޭކަމަށެވެ.
ށ. ފުނަދޫގެ މަސައްކަތްތައް ނިންމުމާ ގާތްވެފައިވާއިރު، މިހާރު ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކުޅުދުއްފުށީ އެއަރޕޯޓުގައިވެސް ރެސްޓޯރެންޓެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން، ރީޖަނަލް އެއަރޕޯޓްސް އިން ވަނީ އިއުލާނު ކޮށްފައެވެ.
ށ.ފުނަދޫގައި ތަރައްޤީކުރާ އެއަރޕޯޓް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށާއި، 30 މިނެޓް ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއަރޕޯޓަކާ ހަމައަށް ދެވޭނެ މަގު ފަހިކޮށްދޭނޭކަމަށްވެސް ރީޖަނަލް އެއަރޕޯޓުން ވަނީ ބުނެފައެވެ.
ރީޖަނަލް އެއަރޕޯޓްސް ހިންގަމުންދަނީ ވެލާނާގޭ އިމާރާތުގެ 11 ވަނަ ފަންގިފިލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!