ށ.ފުނަދޫ މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ބަޔަކާހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް އައިމަން ކޮންސްޓްރަކްޝަން ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އެކަމަށްޓަކައިބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

އެގޮތުން މި އެއްބަސްވުން އެފަރާތާއި ހަވާލުކޮށްފައިވަނީ 180 ދުވަސް ތެރޭގައި ނިންމުމަށްކަމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައުލޫމާތުދެއެވެ.

މިފަދަ މަޝްރޫއުތައް ހިންގަވާކަމަށްޓަކައި މިިސްޓްރީންވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި މިސްކިތަކީ 500 މީހުންނަށް އެރޭނެހެން ތައްޔާރުކުރެވޭ މިސްކިތަކަށްވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ވައުދެއްވެސްމެއެވެ.