ށ. ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 805 ރުފިޔާ ކަމަށް މޯލްޑިވިއަނުން ހަމަޖައްސައިފިއެވެ.
މިމަހު 24 ގައި ޓެސްޓް ފްލައިޓް ޖައްސައި، އޮޕަރޭޓް ކުރަން ތައްޔާރުވެފައިވާ ށ. ފުނަދޫ އެއަރޕޯރޓަށް ދަތުރުކުރުމަށް މޯލްޑިވިއަނުން އެ އަގުގައި ޓިކެޓް ވިއްކަން ފަށަން ހަމަޖައްސާފައިވަނީ 3 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ.
އެ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުން އަންނަކަމަށް ކުރިންވަނީ ބުނެފައެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!