ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން ށ. ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފިއެވެ.
ށ. ފުނަދޫ ކައުންސިލް އިދާރާއިން އިއްޔެ އެކައުންސިލް އިދާރާގެ ރަސްމީ ފޭސް ބުކް ޕޭޖްގައި އާންމު ކޮށްފައިވާ ލިޔުމެއްގައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ރިސޯޓަކުން މީހުން އެރަށަށް އެރުމާއި، އެރަށުން އެއްވެސް މީހަކު އެއްވެސް ރިސޯޓަކަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ.
ކޮރޯނާ ވައިރަސްއިން ށ. ފުނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ކުރިންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ފުނަދޫ ކައުންސިލުންވަނީ ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކާއި، އެރަށު އައުޓް ޑޯ ޖިމް ބޭނުން ކުރުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އަދި އެކައުންސިލުން ވަނީ އެކައުންސިލުން ހިންގާ ކުނި ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން ގޭގެއަށް ކުނި ނަގަންދާ އެކައުންސިލްގެ މުވައްޒަފުން ގޭގޭގެ ދޮރު ހުޅުވައިގެން ކުނި ނުނަގަން ނިންމައި، ގޭގެ ދޮރު ހުޅުވައިގެން ޑަސްބިން ނަގަން ނުޖެހޭގޮތް ހަދައި ދިނުމަށް ރައްޔިތުން ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!