އެހެން ޕާޓީއަކާއި ގުޅުނުވާހަކަ ދޮގުކުރައްވައި، އޭނާ ދައުރު ނިމެންދެން ދެމިހުންނާނީ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވިއިރު ވެސް ހުންނެވި، އެމްޑީޕީގައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީ އަށް އޭނާ ސޮއިކޮށްފިކަމަށްބުނެ އެކްސްގައި ‘’ހަސަން ކުރުސީ’’ ކިޔާ މީހަކު ކުރި ޕޯސްޓެއް ދޮގުކުރައްވަމުންނެވެ.

Ad
rt

އެވާހަކަ ދޮގުކުރައްވައި ޝިފާޢު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

’’އިރާދުފުޅާއެކު މަޖިލިސް ދައުރު ނިންމާނީވެސް އެގޮތުގައި، އެހެންޕާޓީއެއްގައި މަސައްކަތް ކުރުމުގެ ވިސްނުމެއްނެތް. އެހެންޕާޓީއަކަށް ނުވެސްދަން.’’ ޝިފާޢު ވިދާޅުވެފަވެއެވެ.

އޮނަވިހި ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުގޮތުގައި ހުންނެވި ޝިފާއު އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރަން އަދި ނުނިންމަވައެވެ.

ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް އެމްޑީޕީގެ 14 މަޖިލިސް މެންބަރަކު ވަނީ މިހާތަނަށް ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކޮށްފައެވެ.