ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެންމެބޮޑަށް ވަކާލާތު ކުރައްވާ ދިވެއްސަކީ އަދާލަތު ޕާޓިގެ ރައީސް، ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 2021 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަށް ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށްފަހު، އިޒްރާއީލުން ޣައްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނިކުތުމުން ފާޑުކިޔުން އަމާވެފައިވާތީއެވެ.

Ad
d

އެކަމާއި ގުޅިގެން ޝިފާއު ވިދާޅުވީ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި އަދާލަތު ޕާޓީ އާއި ޝެއިހް ޢިމްރާން ކުރެއްވިވަރަށް މަސައްކަތް ކުރެވުން ދިވެހި ފަރުދެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި އެވަރަށް މަސައްކަތް ކުރެއްވި އެހެން ޖަމާއަތެއް ވެސް ނޯންނާނެ ކަމަށެވެ.

ޣައްޒާ އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އިމްރާން ވަނީ ފަލަސްތީނުގެ ހައްގުގައި ތެދުވުމަށް ގޮވާލައްވައި، އަދި އެއްވުމެއް ބޭއްވުމަށް ވެސް ރާވާފައެވެ.

މީގެ އިތުރުން މުުޅި އުންމަތް އެއްބައިވެ، އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފައި ކަމަށާއި ފަރުދީ ތަފާތު ތަކާއި މަސްލަހަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި، ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

Ad
df

ހަމަމިއާއެކު ކޮންމެ މުސްލިމަކު އެމީހެއްގެ ދައުރު ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.