މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް މި ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައި ބޭނުންކުރަންފަށާފައިވާއިރު، އެރަށުގެ ސަބަބުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ސަރުކާރުގެ ސިޔާސީ ވާދަވެރިން މާޔޫސްވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވީ އިއްޔެއެވެ. އެ ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިރަށާއި ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވަނިކޮށް މީސް މީޑިއާގައި ޚިޔާލުފާޅު ކުރައްވަމުން ޝިފާޢު ވަނީ ރައީސް ޞާލިޙްގެ ހިތްޕުޅު ހަމަޖެހުމަކީ ރައްޔިތުމީހާގެ ހިނިތުންވުން ކަމަށް ވިދާޅުވެފައެވެ.
''މާލެ ސަރަހައްދުގެ ރައްޔިތުންނަށް ރައީސް ޞާލިޙް ތައްޔާރުކޮއްދެއްވި ހިތްގައިމު ކުޑަގިރި ސިޔާސީ ވާދަވެރިން މާޔޫސްކޮއްލުވާ ބޭޤަރާރުކޮއްލުވާފި. މިގައުމުގެ ސިޔާސީ ވާދަވެރިން ހަމަ ރައްޔިތަކަށް ހެވެއްނޭދެނީ؟ އެކަމަކު މިރައީސް ހިތްކަމަޖެހުމަކީ ރައްޔިތުމީހާގެ ހިނިތުންވުން'' ޝިފާޢު ވިދާޅުވެފަވެއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނަށް ރައީސް @ibusolih ތައްޔާރުކޮއްދެއްވި ހިތްގައިމު ކުޑަގިރި ސިޔާސީ ވާދަވެރިން މާޔޫސްކޮއްލުވާ ބޭޤަރާރުކޮއްލުވާފި.
މިގައުމުގެ ސިޔާސީ ވާދަވެރިން ހަމަ ރައްޔިތަކަށް ހެވެއްނޭދެނީ؟
އެކަމަކު މިރައީސް ހިތްކަމަޖެހުމަކީ ރައްޔިތުމީހާގެ ހިނިތުންވުން. pic.twitter.com/4ru1OOrIMn— Mohamed Shifau (@mhshifau) February 12, 2023
ޝިފާޢު މިހެން ވިދާޅުވެފައިވާއިރު، ކުޑަގިރި ތަރައްގީ ކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ވައުދެކެވެ. މާލެ ސަރަޙައްދުން ވަކި ތަނެއް ހިއްކާ ދަތުރުދިޔުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން މަސައްކަތްފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެ ރަށުގައި އާންމު ހިދުމަތްތަކާއި ދަތުރުދާ ރަށަކުން ބޭނުންވާ ހުރިހާ ހިދުމަތްތަކެއްހެން ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި އާންމު ހިދުމަތްތަކުގެ ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތަކާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތާއި، ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ، ކުޑަކުދިންނަށް ހާއްސަ ޕާކެއް އަދި ރީޑިންގ ކޯނަރފަދަ ތަންތަންވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!