ކޭއާރުއެޗުގެ ސީއީއޯއަށް އިންޒާރުދީ، ރިޝްވަތުގެ ތުހުމަތު އަޅުވާ މައްސަލަ ކުށްވެރިކޮށްފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ގުޅުވައި މީސްމީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީއަށް އަމާޒުކޮށް އިންޒާރުދީ، ފުރައްސާރަކޮށް އަދި ރިޝްވަތުގެ ތުހުމަތު އަޅުވަމުންދާ މައްސަލަ އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ކޭއާރުއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ގުޅޭގޮތުން ހިނގައިދިޔަ ކަމަށް ބުނާ ހާދިސާއަކާ ގުޅުވައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން އ...