ހދ. ކުޅުދުއްފުށީ ސިޓީގައި "އާއިލީ ދުޅަހެޔޮ ޞިއްޙަތު" ގެ ނަމުގައި ހަވީރެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ އިސްރަށްވެހިންގެ ޕާކުގައެވެ.

Ad
rt

ދުޅަހެޔޮ ޞިއްޙަތަކާއެކު ފާގަތި ދިރިއުޅުމަކަށް އަމާޒުކޮށް ބާއްވާ މި ހަވީރުގައި ކުރިއަށްދާނެ ބައިތައް އެ ކައުންސިލުންވަނީ އާންމު ކޮއްފައެވެ.
އޭގެތެރޭގައި ދުޅަހެޔޮ ސިއްހަތާއި ކަސްރަތު، ނަފްސާނީ ދުޅަހެޔޮކަން، ހަކުރާއި ބީޕީ ބަލައިދިނުމުގެ އިތުުރުން ދުޅަހެޔޮ ސިއްހަތަކަށް ޓަކައި މިންހެޔޮ ކާނާ އަދި އުރަމަތި ކެންސަރާއި ރަހިމުގެ ދޮރަށްޖެހޭ ކެންސަރާބެހޭ މަޢުލޫމާތު ދިނުން ހިމަނާފައިވެއެވެ.

އާއިލީ ހަވީރު ބާއްވަން ހަމަޖެހިފައިވަނީ 15 އޯގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 18:00 އިން 16:00 އަށްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން ޝީއާއި ކޭ.އާރު.އެޗް ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޕޮޒިޓިވް ޕޭރެންޓިން ސެޝަނެއް ބުރާސްފަތި ދުވަހު ވަނީ ކުޅުދުއްފުށި ސިޓީގައި ބާއްވާފައެވެ. އަދި މި ޓްރިޕްގައި ޑައިޓްރީޝަން ޑރ. މަރިޔަމް ތައިމާއާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އައިމިނަތު ޒަހްރާގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ރުޚްސާނާ އަހްމަދު ވެސް ބަލިމީހުން ބައްލަވަމުން ގެންދަވާކަމުގައި ކޭ.އާރް.އެޗް އިން ވަނީ މައުލޫމާތު ދީފައެވެ.