ކޭއާރުއެޗުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ހުޅުވައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އިމަރޖެންސީ ރޫމް (އީ.އާރު) މިއަދު ހުޅުވައިފިއެވެ. މިތަންތަން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޠިމާ ޢަލީއެވެ....