މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ނޮޅިވަރަންފަރު

184 Stories filed
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް
Thiladhunmathi News

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހދ. ނޮޅިވަރަންފަރު، ކަރަންކާގޭ ޚަދީޖާ އަބްދުﷲ އަކީ އުރަމަތީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ. އުމުރުން 65 އަހަރުގެ ޚަދީޖާ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ޚަދީޖާގެ ބައްޔާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން ޚަދީޖާގެ ހުރި ހަމައެކަނި ދަރިފުޅު، އަލީ ނަސީރު ބުނެފައި ވަނީ، މަންމައަށް އުނދަގޫތަކެއް ވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ރީޖަނަލް […]

މަސްތުވާތަކެއްޗާއި އެކު ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެއްޗާއި އެކު ނޮޅިވަރަންފަރުން މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ނޮޅިވަރަންފަރުގައި ހިންގި އޮޕަރޭޝަނަކީ ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝާނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި...

ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ: މޮސްޓާ
Thiladhunmathi News

ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ''ކާލައިގެން'' އެބައުޅޭ: މޮސްޓާ

ހދ. ނޮޅިވަރަންފަރުން 14 ހެކްޓަރުގެ ބިމެއް ބަޔަކު ”ކާލައިގެން” އެބައުޅޭ ކަމަށް  ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމާ ސުވާލެއް ކުރެއްވުމުގެ ތެރޭގައެވެ. މޮސްޓާ ވިދާޅުވީ، އަބަދުވެސް ދައްކަނީ ސަރުކާރުން ބަދަލު ލިބެންޖެހޭ ވާހަކަ ކަމަށާއި، ރަށެއްގައި އިންވެސްޓް ކުރަން ނަގާފައިވާ ބިމެއ...

ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި
Raajje

ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހދ. ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބުދުﷲ ނަދީމް އާއި ހުރާ ކައުންސިލްގެ ރައީސް އީސަ ހައްޔަރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް މިއަދު ހުޅުވާފައިވާއިރު، މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައެވެ. އިދިކޮޅުން ވަނީ އެ ޖަލްސާ ފެށިގަޑިއާ އެއްވަގުތެއްގައި މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވެ އިޖުތިޖާޖު ފަށާފައެވެ. ފުލުހުން ސަރަހައްދު...

ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން މި ފެބްރުއަރީ މަހުގެ 02 އިން 04 އަށް މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބިޒްނަސް ސެންޓަރާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް އަދި ބިޒްނަސް ޕޯޓަލް ގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ފައިސާގެ ހިސާބުތައް ބަލަހައްޓާނެގޮތާއި އޯތެންޓިކް މޯލްޑިވްސްގެ މައުލޫމާތު ވެސް ވަ...

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް
Thiladhunmathi News

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދީފައި ވަނީ ރައްޔިތުން ކައުންސިލްތަކާ ދިމާއަށް އެއްޗެހި ގޮވާގޮތައް ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް”ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ނޮޅިވަރަންފަރު ކައުންސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ނަދީމ...

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް
Thiladhunmathi News

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ތައާރަފްކޮށްފައިވާ “ބިލެއްކަމަނަ” އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެ ކޮމެޓީން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާޗު 1 އިން 10 ގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމެޓީން ތައާ...

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި
Thiladhunmathi News

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ވިދާޅުވީ ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަ...

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމްސް ކޭކްސް ގުޅިގެ ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 24 އައިޓަމެއް ވަނީ […]

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ޢިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލު...

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް
Thiladhunmathi News

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ކަށަވަރު ކޮށްފިއެވެ. މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ލައިކަން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. މި މެޗުގެ ސެޓުތަށް ލައިކަން ގެންދިޔައީ ފުރަތަމަ ސެޓު 25-8 ދެވަނަ ސެޓު 25-3 އަދި ތިންވަނަ ސެޓު 25-14 އިންނެވެ. މެޗުގެ މޮޅު […]

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ޕޭސްޓްރީ ކޯހެއް ހިންގަނީ
Raajje

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ޕޭސްޓްރީ ކޯހެއް ހިންގަނީ

ހދ. ނޮޅިވަރަންފަރުގެ ކަނބަލުންނަށް ހާއްސަކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ނިންމައިފިއެވެ. މި ކޯސް ހިންގުމަށް ނިންމާފައި ވަނީ، ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، “އަމްސް ކޭކްސް” އާ ގުޅިގެންނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވިގޮތުގައި، މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ހަމަވުމުންނެވެ. މި ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކަށް 150...

މަސްހިފަން ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
Raajje

މަސްހިފަން ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ހދ. ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ އެމީހާ ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އެއީ 29 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއްލިފައިވަނީ މަސް ހިފަން ނިކުމެ އުޅެނިކޮށް ނެވެ. އަދި މަސް ހިފަން ނުކުތީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން […]

ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށް ނޮޅިވަރަންފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެރަށު ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ މަސްވެރިކަމާ، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދު ﷲ ވެސް ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޝައުނާ ދެއްކެވި ވާހަކާގައި މޫސުމަށް އަންނަ ބަ...