ހދ. ނޮޅިވަރަންފަރުގައި ވިޔަފާރިއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން މި ފެބްރުއަރީ މަހުގެ 02 އިން 04 އަށް މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބިޒްނަސް ސެންޓަރާއި ގުޅިގެންނެވެ.

Ad
rt

މި ޕްރޮގްރާމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ މަރުހަލާތައް އަދި ބިޒްނަސް ޕޯޓަލް ގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ފައިސާގެ ހިސާބުތައް ބަލަހައްޓާނެގޮތާއި އޯތެންޓިކް މޯލްޑިވްސްގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ވިޔަފާރިއެއް އަލަށް ފެށުމުގައި ވިސްނަންވީ ކަންކަމާއި އީޖާދީ ވިޔަފާރި ޚިޔާލެއް ތަރައްޤީކުރުމާއި ޕްލޭންކުރުމާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

މި ޕްރޮގްރާމްގައި ނޮޅިވަރަންފަރުގެ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާމެދު ވިޔަފާރިވެރިންނާއި ދަނޑުވެރިނާއި ބައްދަލުކޮށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ވަނީ މަޢުލޫމާތު އެއްކޮށްފައެވެ.