ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ކަށަވަރު ކޮށްފިއެވެ.

މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ލައިކަން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ.

Ad
rt

މި މެޗުގެ ސެޓުތަށް ލައިކަން ގެންދިޔައީ ފުރަތަމަ ސެޓު 25-8 ދެވަނަ ސެޓު 25-3 އަދި ތިންވަނަ ސެޓު 25-14 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ލައިކަންގެ ޖާޒީ ނަމްބަރ 2 މަރްޔަމް އަޒީފާ އެވެ.

ލައިކަން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީގައިވެސް ވާދަ ކުރާނީ ނޮޅިވަރަންފަރު އަދި ނައިވާދޫއެވެ. މި މެޗު އޮށްނާނީ މިރޭ 8:30 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލު ކޮށްފައިވަނީ މިމަހު 22 ގައެވެ.

މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.