ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ވިދާޅުވީ ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 84 ވަނަ ޖަލްސާގައި ކަމަށާއި މައްސަލަ ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލެވި ކަމަށެވެ.
މީގެ އިތުރުން މައްސަލަ ތަހުގީގުކޮށް، އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވާކަން ޖޭއެސްސީން ހާމަ ކޮށްފައިވަނީ މިއަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!