ހދ. ނޮޅިވަރަންފަރުގައި މޫދަށް އެރިއުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ އެމީހާ ފަތާފައި ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އެއީ 29 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއްލިފައިވަނީ މަސް ހިފަން ނިކުމެ އުޅެނިކޮށް ނެވެ. އަދި މަސް ހިފަން ނުކުތީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން ނެވެ.

އެމީހުން ނުކުތީ ކެނޯއެއްގައި ކަމަށާއި އެތަނުން އެކަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ 14:15 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.