ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެރަށު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ޢިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށެވެ.
އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓާއި ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީގައި 25 ހައުސިންގ ޔުނިޓް ވިއްކުމަށް ނިންމާފައިވާ ކަމަށް ކައުންސިލު އިދާރާ އިން ވިދާޅުވެ އެވެ.
އެ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އުޞޫލުގައިވާ ޝަރުތުތައް ހަމަވާ 100 ހައުސިންގ ޔުނިޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ފަރުމާކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އަންނަ ނޮވެމްބަރ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް ވަނީ އެދިފަ އެވެ.
އެ ކައުންސިލުން ވަނީ ފޯމު ފުރުމުގައި ފޯމުގައިވާ ނުކުތާތަކަށް ސަމާލުކަންދިނުމަށް ވެސް އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!