ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި

ނަދީމް ''ހޯޕް ކޮންރަފެންސް'' ގައި ބައިވެރިވަނީ، ފޮޓޯ: ޕީޕީއެމް
ނަދީމް ''ހޯޕް ކޮންރަފެންސް'' ގައި ބައިވެރިވަނީ، ފޮޓޯ: ޕީޕީއެމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހދ. ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބުދުﷲ ނަދީމް އާއި ހުރާ ކައުންސިލްގެ ރައީސް އީސަ ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް މިއަދު ހުޅުވާފައިވާއިރު، މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައެވެ. އިދިކޮޅުން ވަނީ އެ ޖަލްސާ ފެށިގަޑިއާ އެއްވަގުތެއްގައި މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވެ އިޖުތިޖާޖު ފަށާފައެވެ.

ފުލުހުން ސަރަހައްދު ބަންދުކޮށްފައި އޮތުމުން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެރިވާ މި އިހުތިޖާޖުގެ ބައިވެރިންނަށް މަޖިލިސް ކުރާ ގޭ ކައިރިއަށް އެއްވެވިފައެއް ނުވެއެވެ. ނަމަވެސް އިދިކޮޅުން ސަޕޯޓަރުން ވަނީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ތިބެ އަޑު އުފުލާފައެވެ.

މި އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ބައެއް މެންބަރުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމްއާއި، ހުރާ ކައުންސިލް ރައީސް އީސަ ހިމެނޭކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އިދިކޮޅު ކޯލިޝަންގެ ސެނެޓްގެ އިތުރު މެންބަރުންތަކެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އިދިކޮޅު ކޯލިޝަންގެ އިހުތިޖާޖުގައި ގޮވައިލަމުން ދަނީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކޮށް ދިނުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި