އިހަވަންދޫ އިންތިޚާބީ މިނިވަން ދެ މެމްބަރަކާއި، މިހާރުގެ ރައީސް ސޮބާހް ޕީއެންސީ އަށް
އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުން ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީއާ އަލަށް ސޮއިކޮށްފައި ވަނީ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު އެވެ. ނިމިދިޔަ އިން...