ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލައި، ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއީ، އިހަވަންދޫ ކައުންސިލާއި މޯލްޑްވިސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.
މިދިޔަ ޑިސެންބަރު 26-30 ގެ ނިޔަލަށްކުރިޔަށް ގެންދިޔަ މި ކޯހަކީ ނިޔަމިކަމުގެ ކޯސް ސެޓްފިކެޓް ލެވެލް 2ގެ ކޯހެކެވެ.
އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލުން، ފޮޓޯ: އިހަވަންދޫ ކައުންސިލް
އިހަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ކޯހަކީ އޮޑިވެރިންގެ އެދުމުގެމަތިން މިދިޔަ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެއްކަމަށެވެ.
’’މިރަށުގައި ވެސް ކުދި ޑިންގީއާއި ދޯނިފަހަރު އަދި ލޯންޗްތައް ވެސް ވަރަށްގިނަ، އެހެންވި މިފަދަ ކޯހެއް ހިންގައިދިނުމަށް ޒުވާނުންނާއި އޮޑިވެރިން އެދެމުން އައީ، މި ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ވަނީ ކޯސް ފުރިހަމަކޮށް، ސަނަދު ހާސިލްކޮށްފައި’’ ސޮބާހް ވިދާޅުވެފަވެއެވެ.
އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލުން، ފޮޓޯ: އިހަވަންދޫ ކައުންސިލް
މި ކޯހުގައި އިހަވަންދޫގެ 49 ފަރާތަކުން ބައިވެރިވެ ކޯހުން ފާސްވެ ސަނަދު ހާސިލުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!