އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން އެރަށުގައި އިއްޔެ ފެށި "އިހަވަން ރޯދަ ބާޒާރު 2026" އަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފިއެވެ.
މި ރޯދަ ބާޒާރު މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ ބާޒާރަށް ވެސް ވަނީ މިދިޔަ އަހަރެކޭ އެއްފަދައިން ގިނަ ބަޔަކު ޒިޔާރަތްކޮށް ބޮޑު ތަރުހީބެއް ލިބިފައެވެ.
މިގޮތުން މިދިޔަ އަހަރުވެސް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ބާޒާރަށް ޒިޔާރަތްކޮށްފައެވެ.
އިހަވަންދޫ ރޯދަ ބާޒާރަށް ޒިޔާރަތްކުރި ބަޔަކު ވިޔަފާރި ކުރަނީ، ފޮޓޯ: އިހަވަންދޫ ކައުންސިލް
މާލެ ދަތުރުކުރާ ބޯޓެއްގައި ކުޅުދުއްފުށީ ސިޓީން ވެސް ގިނަ ބަޔަކު އިއްޔެ ޒިޔާރަތްކުރި މި ބާޒާރުގައި އެރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ ސްޓޯލްތައް ބަހައްޓާފައެވެ.
އިހަވަންދޫ ރޯދަ ބާޒާރަށް ކުޅުދުއްފުށީ ސިޓީން މީހުން ގޮވައިގެން ބޯޓު އިހަވަންދޫ ބަނދަރުގައި، ފޮޓޯ: އިހަވަންދޫ ކައުންސިލް
މީގެ އިތުރުން މި ބާޒާރަށް ޒިޔާރަތްކުރާ ރަށްރަށުގެ މީހުންނަށް އިހަވަންދޫ ކައުންސިލުން ވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
އިހަވަންދޫ ރޯދަ ބާޒާރަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، މީލާދީ ކަލަންޑަރު ބުނާގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ދިމާވާނީ މި ފެބްރުއަރީ މަހުގެ 18 އާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!