ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭއިން މިހެން ބުނެފައި ވަނީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެލްޖީއޭގައި އެދުމުން ދީފައިވާ ޖަވާބުގައެވެ.

Ad
rt

މިއަދު އޮތް މާލިއްުޔަތު ކޮމެޓީގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވާއިރު، އެކަން ސާފުކުރުމަށް މާލިއްޔަތު ކޮމެޓީން ފޮނުވި ސިޓީއާއި ގުޅިގެން އެލްޖީއޭއިން ދިން މައުލޫމާތުގައިވާގޮތުން ހޯކްސް ކުންފުންޏަށް ހޯރަފުށީ ކައުންސިލުން އެ ބިން ދޫކޮށްފައިވަނީ ބިން ދޫކުރުމުގައި އެކަމުގެ ތަފުސީލް ނެތިކަމަށާއި، އެހެންވެ އެއީ ގަވާއިދާއި އެއްގޮތަށް ދޫކޮށްފައިވާ ބިމެއް ނޫންކަމަށް ބުނެފަވެއެވެ.

އެލްޖީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ބިން ދޫކުރުމަށްފަހު އެއްބަސްވުން ހެދުމަށްފަހު ބިން ވަނީ އަލުން ބަދަލުކޮށްފަ އެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ އަލުން ޢިއުލާންކޮށްގެން ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭއިން ބުނެފައިވަނީ ހޯކްސް އިން އެ ބިމުގައި މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންވެ އެކަން ހުއްޓުވައި ދޭން ކައުންސިލްގައި އެދިފައިވާނެ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނެފައިވާ ގޮތުގައި ހޯކްސް އަށް އެބިން ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ވެސް ހިލާފަށެވެ.

ތެލުގެ ވިޔަފާރިކުރުމަށް ހޯކްސް އަށް ހޯރަފުށިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ދޫކޮށްފައެވެ.