ޗެމްޕިއަން ޓީމަށް 50،000ރ، ފީވަކު ''ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް'' ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް
ށ. ފީވަކު ރޮލިގަންސް ޖަމުޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅުވާލައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މި މުބާރާތަކީ ފީވަކުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފައިސާގެ އިނާމުތަކާއެކު ބޭއްވޭ، އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރ...