ށ ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށްޓަކައި ސީނު ގްލޯބަލްއާއި ހަވާލުކޮށްފިއެވެ.
ބޯޓުޔާޑު އެޅުމަށްޓަކައި 90،212 އަަކަފޫޓުގެ ބިމެއް ފީވަކު ބަނދަރުގެ އިރު ދެކުނު ކޮޅުން ކައުންސިލުން ދޫކޮށްފައިވާއިރު 40 އަހަރުގެ މުއްދަތަށް ހަވާލުކުރުމަށް ވަނީ ސޮއި ކޮށްފައެވެ.
މި މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފީވަކު ކައުންސިލްގެ ރައީސް، އަލީ ރަޝީދު ހަސަނެވެ. އަދި ސީނު ގްލޯބަލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސީނު ގްލޯބަލްގެ ވެރިޔާ، ރިލްވާން އާދަމްއެވެ.
ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށް ހަވާލުކުރުން، ފޮޓޯ: ފީވަކު ކައުންސިލް
ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު "ތިލަދުން" އަށް މައުލޫމާތުދެއްވައި ވިދާޅުވެފައިވަނީ، ރަށުގައި ބޯޓުޔާޑެއް ތަރައްޤީކުރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި މިހާރުގެ ޒަމާނީ ފެންވަރަށް ފެތޭނެހެން ތަރައްޤީކުރާ މި އޮޑިހަރުގެއަކީ ރައްޔިތުން ހިތްހަމަޖެހޭނެހެން ކުރަހައި ރަށުގެ އިޖްތިމާއީ ކަންކަމަށް ފައިދާވާނެހެން ޤާއިމްކުރެވޭނެ ތަނެއް ކަމަށާއި އުންމީދަކީ މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވުމަށްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢު ތަރައްޤީ ކުރުމަށް ގާތްގަނޑަކަށް 37 މިލިއަން ރުފިޔާ ހޭދަވާނެކަމަށް މައުލޫމާތު ލިިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!