ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ "ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
މިއީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އެ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް މިދިޔަ ފެބްރުއަރީ މަހު ރަޖިސްޓަރީ ކޮށްފައިވާ ރޮލިގަންސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރުމަށް އެ ކްލަބުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!