ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު، ސަމާލުވުމަށް ޗައިނާ އެމްބަސީން އިލްތިމާސްކޮށްފިއެވެ. އެގަމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިގޮތަށް އިލްތިމާސް ކުރީ ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާތީ އެވެ. ޗައިނާ އެމްބަސީ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހަކުން ތިން ޓޫރިސްޓަކު މަރުވެފައެވެ. އަދި މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަ...