ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ
ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ. މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވ...