ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއް ރާވާ، ރާއްޖޭ ދައްކާލައިފިއެވެ.

މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ސިންގަޕޫރު އެއަރލައިންސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މޭ 29 ޖޫން 4 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ދަތުރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ރާއްޖޭގެ ހޮސްޕިޓަލިޓީ އާއި އިމަރސިވް ތަޖުރިބާތަކާއެކު، ސަނީ ސައިޑް އޮފް ލައިފްގެ އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅި އާއި ތަފާތު ތަޖުރިބާތައް ދައްކާލުމެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސަށް ފަހު ފެށި މި ދަތުރުގައި ޗައިނާގެ އެކި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ދަތުރުގައި ރާއްޖޭގެ ޚާއްޞަ ޤުދުރަތީ ސިފަތަކާއި 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓް ދައްކާލިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރާ އެއް މަންޒިލަކަށް ވާ ސަބަބާއި ރާއްޖޭގެ ޚާއްޞަ ތަޖުރިބާތައް އަލިއަޅުވާލަދޭ ކަވަރޭޖެއް ލިބިގެންދިޔައެވެ.

މި ދަތުރުގައި ބައިވެރިވާ ޓްރެވަލް+ލެއިޒާ، ސިޓީ ޓްރެވަލާ، ކޮންޑޭ ނާސްޓް ޓްރެވަލާ، ވޮޔޭޖް، އަދި ފްލައިއަރ ޓީ ފަދަ މަޝްޙޫރު ޕަބްލިކޭޝަންތަކާއި ޕްލެޓްފޯމްތަކުން ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ޖުމްލަ ރީޗް 1،270،000 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރްސީން ލަފާކުރެއެވެ.

މި ދަތުރުގައި ބައިވެރިންނަށް ސޯޝަލް މީޑިއާގައި ކޮންސިއުމަރުންނާއި އިންޓަރެކްޓްކޮށް، ރާއްޖޭގެ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީ ތަޖުރިބާކޮށް ހިއްސާކުރުމާއި، މަންޒިލުގެ ދެމެހެއްޓެނިވި މަސައްކަތްތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

މި ދަތުރުގައި ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް ދައްކާލާ، އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި އަދި ތިމާވެއްޓާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ފާހަގަކުރިއެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ މި ހަރަކާތުގެ ތެރެއިން ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމެވެ. ކޮވިޑްގެ ކުރިން ޗައިނާއިން އަންނަ ފަތުރުވެރިން އަބަދުވެސް އަޅުގަނޑުމެންގެ ޓޮޕް 10 ސޯސް މާކެޓްތެރޭގައި ފާހަގަކޮށްލެވުނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް މި މާކެޓް އިތުރަށް ރަނގަޅުވާނެ ކަމުގެ އުއްމީދީ އަލާމާތްތައް ފެންނަމުންދެއެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ 17،691 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އަޅުގަނޑުމެންގެ އަމާޒަކީ އެކި ޕްލެޓްފޯމްތަކުގައި ބްރޭންޑް ޕްރެޒެންސް ވަރުގަދަކޮށް، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އިޚްތިޔާރުކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.