މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕީޕީއެމް

386 Stories filed
އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި
Thiladhunmathi News

އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި

ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވ...

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި
Raajje

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ޢިއުލާންކޮށްފައިވާ “ކޮތަރުކޮށި ޖަލްސާ” މާލޭގެ ކާނިވާ ސަރައްދުގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ބުނެފައިވާ ގޮތުގައި “ކޮތަރުކޮށި ޖަލްސާ” ދެން އޮންނާނީ މާދަމާ ރޭ މާލޭގެ ކާނިވަަލުގައެވެ. އެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ 20:30 ގައެވެ. ދެވަނަ ފޭސްގެ ހިޔާފްލެޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ...

ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް
Parliament

ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާޕުކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމައި ޤައުމު ހިނގާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު ދަންމާލުމާބެހޭ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖީލީހަށް ބަޖެޓް ފޮނުއްވިއިރު، ބަޖެޓާއެކު ސަޕްލިމެންޓަރީ ބަޖ...

އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން އިދިކޮޅުން ފުލުހަށް
Raajje

އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން އިދިކޮޅުން ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ. އެ ބޭފުޅުން މީގެ ކުރިން ވެސް ވަނީ އެ އޯޑިއޯތަކުގެ މައުލޫމާތު ހޯދަން ފުލުހުންގެ އިދާރާއަށް ވަޑައިގެންފައެވެ. ފުލުހުންގެ މައި އިދާރާއަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަ...

އިދިކޮޅުގެ "މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު ދުވަހު
Raajje

އިދިކޮޅުގެ "މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު ދުވަހު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ “މިނިވަންކަމުގެ ހިނގާލުން” އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ. އިދިކިޅޮ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއިން މިއަދު ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު “މިނިވަންކަމުގެ ހިނގާލުން” 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. މި ހިނގާލުން ފެށޭނީ، މާލޭ ސިޓީގެ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހުގެ 15:45 ގައި ކަމަށް އެ ޕީޕީއެމުން ވަނީ ބުނެފައެވެ. އިއްޔެ ހަވީރު […]

އެއާޕޯޓް އަނބުރާ ހޯދަން ޔާމީން ފިޔަވާ ދެންތިއްބެވި ލީޑަރުން ބޭނުންވީ ޑީލެއް: އަދުރޭ
Raajje

އެއާޕޯޓް އަނބުރާ ހޯދަން ޔާމީން ފިޔަވާ ދެންތިއްބެވި ލީޑަރުން ބޭނުންވީ ޑީލެއް: އަދުރޭ

އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި އެއާޕޯޓް އަނބުރާ ހޯދުމަށް ފުރަތަމަ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ރައީސް ޔާމީން ފިޔަވައި ދެންތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވީ ރަނގަޅު ޑީލެއްކަމަށް ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ޕީޕީއެމްއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓް ދީފައި ވަނިކޮށް، ރައީސް ޑރ. ވަހީދުގެ […]

ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން: ޝިޔާމް
Parliament

ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން: ޝިޔާމް

ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުން ކަންބޮޑުވެގެން އުޅެނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން ކަމަށާއި، ދައުލަތް ފުރާލައި ސިޔާސީ މަގާމުތަކަށް މީހުންލައި، ކިތަންމެ ބޮޑު ޚަރަދެއް ކުރިއަސް އެ ބޭފުޅުންނަށް “އޯކޭ”ކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ...

މުޖުތަބާ ދޫކޮށްލަން ގޮވާލައިފި
Thiladhunmathi News

މުޖުތަބާ ދޫކޮށްލަން ގޮވާލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސ...

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފި
Raajje

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފި

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފިއެވެ. ގިނަ އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ. މާލޭ ސިޓީގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މިއަދު ހަވީރު 4 ޖަހާއިރު ފެށި މި ހިނގާލުމުގައި ވަނީ އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅު...

އިންޑިއާ ސިފައިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
Raajje

އިންޑިއާ ސިފައިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ގާނޫނާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ، އެ ސިފައިން ރާއްޖެއިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ސޮއިކުރަން ފަށައިފި އެވެ. “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް ލޯންޗުކުރުމަށް ރޭ މާލޭ ސިޓީގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލާފައެވެ. އެ ހަރަކާތުގެ ތެރެއިން މި ޕެޓިޝަންގައި ސޮއިކުރަންފަށާފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ވަނީ މި ޕެޓިޝަ...

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި
Raajje

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކުރަން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފިއެވެ. އެ ހަރަކާތް ޕްރޮމޯޓްކުރާ ޓްވީޓާ އެކައުންޓް “ޑިފެންޑް މޯލްޑިވްސް”އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައިވާ ކަމެކެވެ. މިރޭ އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާއަކީ އެ ކޯލިޝަނުން އިސްވެ އުފައްދާފައިވާ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ކޮމިޓީން ކުރިއަށްގެންދަން ނިންމާފައިވ...

އިދިކޮޅުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ހަރަކާތެއް ލޯންޗް ކުރަނީ
News

އިދިކޮޅުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ހަރަކާތެއް ލޯންޗް ކުރަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެ އުފައްދާފައިވާ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ކޮމިޓީން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ހަރަކާތް ލޯންޗް ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ. ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަ...

ލީކުވި އޯޑިއޯތަކާއިގުޅޭ އިންސާފްވެރި ތަހުގީގެއް ހިންގައި ދިނުމަށް އެދި އިދިކޮޅުގެ ސިޓީއެއް ޕީޖީއަށް
Raajje

ލީކުވި އޯޑިއޯތަކާއިގުޅޭ އިންސާފްވެރި ތަހުގީގެއް ހިންގައި ދިނުމަށް އެދި އިދިކޮޅުގެ ސިޓީއެއް ޕީޖީއަށް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅޭގޮތުން ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ސިޓީއެއް ފޮނުވައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އެޑްރެސްކުރައްވައި، ރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެހުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ...

ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު
Raajje

ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަށް ކެތް ނުކުރެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ތަރައްގީއާއި ތަމައްދުން އެންމެ ރަނގަޅަށް ގެނެސްދިން ދައުރު ކަމަށެވެ. އަދި ރާއްޖޭގެ ދީނާއި، ގައުމިއްޔަތާއި އެންމެ މު...

އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެދެފި
Raajje

އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެދެފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. މިގޮތުން މިއަދު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ދެ ހުށަހެޅުމަކީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް [...