ޕީޕީއެމަށް ލިބުނީ ކާމިޔާބެއް، ފެނުނީ އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރިތަން: ޑރ. މުޢިއްޒު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެގެ އި...