އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ އުފައްދާފައިވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތް ލޯންޗް ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މިޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.

ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށާ މި ކެމްޕެއިނަކީ ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ހަރަކާތެއް ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.

މި ހަރަކާތުގައި ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި، އެހެނިހެން ފަތާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

މި ހަރަކާތުގައި ބައިވެރިވާން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާއިރު، ނަމަވެސް މިހާތަނަށް މިހަރަކާތުގައި ބައިވެރިވެފައި ވަނީ މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްނެގި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީކަމަށްވާ ޕީޕީއެމްއާއި، ޕީއެންސީ ކަމަށް އެނގިފަވެއެވެ.

އިދިކޮޅުން ވަނީ މި މަހުގެ 3 ވަނަ ދުވަހު ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.