މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕްރޮގްރެސިވް ކޯލިޝަން

362 Stories filed
ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ
Thiladhunmathi News

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓ...

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ
Thiladhunmathi News

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން...

ފަތުހީގެ ކެމްޕޭން ފޯރީގައި ކުރިއަށް
Thiladhunmathi News

ފަތުހީގެ ކެމްޕޭން ފޯރީގައި ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ކޮމަންޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ފަތުހީގެ ކެމްޕޭން އެއްވާމެއްގައި ހުއްޓުމެއްނެތި ކުރިއަށްދާއިރު، ފަތުހީގެ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު “ތިލަދުން” އަށް ވިދާޅުވިއެވެ. ފަތުހީގެ ކެމް...

ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހަނިމާދޫއަށް ހަތިޔާރު އެތެރެކުރި: ޝުޖާޢު
Thiladhunmathi News

ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހަނިމާދޫއަށް ހަތިޔާރު އެތެރެކުރި: ޝުޖާޢު

ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހދ. ހަނިމާދޫއަށް ހަތިޔާރު އެތެރެކުރިކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ތުހުމަތު ކުރަށްވައިފިއެވެ. އިދިކޮޅު ކޯލިޝަނުން ރޭ އެ ކޯލިޝަންގެ މާލޭ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު ވިދާޅުވީ، ދިވެހިންނާ ބައްދަލުވެފައި ވަނީ އަމާން ދުވަސްތަކެއް ނޫން ކަމަށެވެ. މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑެތި […]

ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި
Raajje

ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ހޭދަވި ދެ އަހަރުގެ މުއްދަތަށް، ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 […]

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި
Raajje

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިގޮތުން އިއްޔެ ހަވީރު ވެސް [...

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި
Raajje

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 11 މީހަކު ދޫކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު ވިދާޅުވީ، އެ އެންމެން ވެސް ދޫކޮށްލައިފިއެވެ. ރޭ ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ. Inshaa Allah maadhamaa ves India military out govan maguthakah […]

އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް
Thiladhunmathi News

އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓް ދޭނެ ފަރާތަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ކަމަށް ނިންމައިފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމްއާއި ޕީ.އެން.ސީގެ މެމްބަރުންގެ ތެރެއިން އެ އެކޯލިޝަންގެ ޓިކެޓްގައި އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުނަށް ޕްރައިމަރީއަށް ކުރިމަތިލުމަށް މި މަހުގެ 21 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުޞަތު ބަންދުވީ 23 ޑިސެމްބަރުގައެވެ. އެ...

"ވާންވީ އިންޑިއާ އައުޓެއް ނޫން، އިންޑިއާ މިލިޓަރީ އައުޓް": ޔާމީން
Raajje

"ވާންވީ އިންޑިއާ އައުޓެއް ނޫން، އިންޑިއާ މިލިޓަރީ އައުޓް": ޔާމީން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕެއިންގެ ދަށުން ގޮވާލަމުން ދަނީ “އިންޑިއާ އައުޓް” ނޫންކަމަށާއި، ގޮވާލަމުން ދަނީ “އިންޑިއާ މިލިޓަރީ އައުޓްވާން” ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އިދިކޮޅުން އިސްވެ ހިންގާ މި ކެމްޕޭންގެ ދަށުން ރައީސް ޔާމީން މިހާރު އަތޮޅުތަކަށް ދަތުރު ފައްޓަވާފައިވާއިރު މިއަދު އެ މަނިކުފާނު ވަނީ ފ. ނިލަންދޫއަށް ވަޑައިގެން މި ކެމްޕެއިން ހަރަކާތްތައް އެރަށުގައި […]

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމް،ޕީއެންސީން ހުޅުވާލައިފި
Raajje

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމް،ޕީއެންސީން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޯލިޝަންގައި ހިމެނޭ 2 ޕާޓީ ކަމަށްވާ (ޕީ.ޕީ.އެމްއާއި ޕީ.އެން.ސީ) ގެ މެމްބަރުންނަށް ހުޅުވާލައިފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ޑިސެމްބަރ 2021 އިން ފެށިގެން 23 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. ކޮމަންޑޫ ދާއިރާގެ […]

އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި
Thiladhunmathi News

އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި

ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވ...

ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ "އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން": ޔާސިރު
Thiladhunmathi News

ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ "އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން": ޔާސިރު

ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދަން އެހެން ޤައުމެއްގެ އެހީތެރިކަން ލިބުމަކީ ބައެއް ފަރާތްތަކަށް “އަސުރުމާ ދިޔަ ބޮއެގެންވެސް ހަޖަމުވާނެ ކަމެއްނޫން” ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ “އިންޑިއާ މިލިޓަރީ އައުޓް” ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. ބެލެވޭ ގޮތުގައި ޔާ...

"ބޭނުންވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން"
Raajje

"ބޭނުންވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން"

ބޭނުންފުޅުވީ ކޮތަރުކޮށި ހުރި ސަރަހައްދުގައި ކޮތަރުތައް އުދުހޭތަން ބަލައިލަން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ބާތިލުކުރުމުން މި މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވަލުގައި ވަނީ އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާއަށްފަހު މި މަހުގެ 10 […]

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި
Raajje

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ޢިއުލާންކޮށްފައިވާ “ކޮތަރުކޮށި ޖަލްސާ” މާލޭގެ ކާނިވާ ސަރައްދުގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ބުނެފައިވާ ގޮތުގައި “ކޮތަރުކޮށި ޖަލްސާ” ދެން އޮންނާނީ މާދަމާ ރޭ މާލޭގެ ކާނިވަަލުގައެވެ. އެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ 20:30 ގައެވެ. ދެވަނަ ފޭސްގެ ހިޔާފްލެޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ...

ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް
Parliament

ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް

ފައިސާ ޗާޕުކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމައި ޤައުމު ހިނގާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު ދަންމާލުމާބެހޭ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖީލީހަށް ބަޖެޓް ފޮނުއްވިއިރު، ބަޖެޓާއެކު ސަޕްލިމެންޓަރީ ބަޖ...