މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕްރޮގްރެސިވް ކޯލިޝަން

362 Stories filed
އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ދަނީ ހިންގަމުން، އެކަން ކުއްވެރިކުރަން: އިދިކޮޅު ކޯލިޝަން
Raajje

އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ދަނީ ހިންގަމުން، އެކަން ކުއްވެރިކުރަން: އިދިކޮޅު ކޯލިޝަން

އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ހިންގަމުން ދާކަމަށާއި، ނަމަވެސް މިކަމާއި ދިވެހި ސަރުކާރުން އެއްޗެއް ނުބުނެ ހަނުތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާގެ މަދްޔަޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ ސުންނަފާތި ކުރަމުންދާ ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އި...

ޕީޕީއެމްއަށް ދެ ގޮނޑި، އެމްޑީއޭއަށް ގޮނޑިއެއް
Raajje

ޕީޕީއެމްއަށް ދެ ގޮނޑި، އެމްޑީއޭއަށް ގޮނޑިއެއް

މިއަދު ކުރިއަށް ދިޔަ ބައި- އިލެކްޝަންތަކުން އިދިކޮޅު ޕީޕީއެމް ދެ ގޮނޑި ކާމިޔާބުކޮށް، އެމްޑީއޭ އިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ތިން ގޮނޑިއަކަށް މީހުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ކުރިއަށް ގެންގޮސްފައެވެ. އެއީ ޅ. ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށާއި، ދ. މީދޫ އަދި ފ. ނިލަންދޫން ކުރެ ކޮންމެ ރަށަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ. މިގޮތުން މިއަދު ކުރިއަށް ދިޔަ ޅ. […]

އިދިކޮޅު އެއްވުން ކުރިއަށް
Raajje

އިދިކޮޅު އެއްވުން ކުރިއަށް

“ނޭވާހޮޅިއަށް” ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބާއްވަން ނިންމި ބޮޑު އެއްވުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށް ކުރިއަށް ގެންދާ މި ހަރަކާތުގެ ފޮޓޯތައް އިދިކޮޅު ޕީޕީއެމުން މީސް މީޑިއާގައި އާންމުކުރަމުން އަންނައިރު އެއްވުމުގެ ބައިވެރިންގެ ތެރެއިން އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ފެނެއެވެ. މި އެއްވުން ލީޑް ކުރެއްވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް...

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި
Raajje

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީގެ މީސް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ނަރީޝް މިނިވަންކުރުމަށް ވެސް ޕީޕީއެމުން ގޮވާލާފަވެއެވެ. ނަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ […]

އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް
Thiladhunmathi News

އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް

އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށާއި، ތަސައްވުރަށް ޖެހުނު “މުސީބާތަކީ” އިންޑިއާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް އަވަށްޓެރި އިންޑިޔާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނ...

ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި
Thiladhunmathi News

ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ. އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ  ޢާންމު ތަނެއްގައި “އިންޑިއާ އައުޓް” ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ […...

ކޮޗިން ފެރީން ގެނައި އޮރެންޖްތައް ލިބުނީ އުތުރުގެ ރައްޔިތުންނަކަށް ނޫން: ޔާމީން
Raajje

ކޮޗިން ފެރީން ގެނައި އޮރެންޖްތައް ލިބުނީ އުތުރުގެ ރައްޔިތުންނަކަށް ނޫން: ޔާމީން

ކޮޗިން ފެރީގެ ދަތުރުތައް ކުރަނީ ރާއްޖޭގެ އުތުރަށް ނަމަވެސް، އެ ފެރީން ގެންނަ “އޮރެންޖް”ތައް ލިބެނީ އުތުރުގެ ރައްޔިތުންނަށް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މިއަދު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ކޮޗިން ފެރީއަކީ ރާއްޖޭގެ...

ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު
Thiladhunmathi News

ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު

“އިންޑިއާ އައުޓް” ޖަހައިގެން ދަމާފައި ހުންނަ ބެނާތައް ކެނޑި ނަމަވެސް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތްގެ ތެރެއިން އެހެން ގޮވުން ނުހުއްޓުވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ހަރަކާތުގެ ތެރެއިން ރަށެއް...

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި
Thiladhunmathi News

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ރާއްޖޭގައި ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭން ހަރަކާތުގެ އިވެންޓެއް ހދ. ހަނިމާދޫގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައި އިއްޔެ ވަނީ “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ދެ ބެނާއެއް ދަމާފައެވެ. މީގެއިތުރުން އެރަށަށް މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން ހިޖުރަކޮށްފައިވާ...

ރައީސް ޔާމީން ރ. މީދޫއަށް
Raajje

ރައީސް ޔާމީން ރ. މީދޫއަށް

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ރ. މީދޫއަށް ވަޑައިގެންފި އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން މީދޫއަށް ވަޑައިގަތީ، އެ ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އިދިކޮޅުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންއަކީ ރާއްޖެގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިންގާ ކެމްޕޭނެކެވެ. ރައީސް ޔާ...

ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ
Raajje

ޤާނޫނުއަސާސީގައި ލިޔަންވީ "އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށް": ހީނާ

ޤާނޫނުއަސާސީގައި ލިޔަންވީ އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށާއި، އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި...

ޕީޕީއެމަށް ލިބުނީ ކާމިޔާބެއް، ފެނުނީ އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރިތަން: ޑރ. މުޢިއްޒު
Raajje

ޕީޕީއެމަށް ލިބުނީ ކާމިޔާބެއް، ފެނުނީ އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރިތަން: ޑރ. މުޢިއްޒު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެގެ އި...

ކޮމަންޑޫ ދާއިރާގެ ނިންމުން ވަނީ އަޅުވެތިކަމާއި، ވަތަންގެ ހިމާޔަތާއި ގުޅިފައި: ލަތީފް
Thiladhunmathi News

ކޮމަންޑޫ ދާއިރާގެ ނިންމުން ވަނީ އަޅުވެތިކަމާއި، ވަތަންގެ ހިމާޔަތާއި ގުޅިފައި: ލަތީފް

ކޮމަންޑޫ ދާއިރާއިން މާދަމާ ނިންމާ ނިންމުން ވަނީ ރާއްޖޭގެ އަޅުވެތިކަމާއި، ވަތަނާއި، ދީނުގެ ހިމާޔަތާއި ގުޅިފައިވާ ނިންމުމެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ޓްވީޓާ މެދުވެރިކޮށް ޝުއޫރުފާޅު ކުރައްވަމުން މިހާރު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަށްވާ ލަތީފް ވިދާޅުވީ، މާދަމާ ކޮމަންޑޫ ދާއިރާ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދާ ގުޅިފައިކަމަށެވެ. “އެއީ އަޅުވެތިކަމާ، ވަތަނާއި، އިސްލާމް ދީނުގެ ހިމާޔަތާ ގުޅިފައިވާ ނިންމުމެއް،...

އިންތިޚާބާއި ގުޅިގެން އިބިލީހުގެ ވަސްވާސް "ވިއްކާތަން" އެބަފެނޭ: ފަތުހީ
Raajje

އިންތިޚާބާއި ގުޅިގެން އިބިލީހުގެ ވަސްވާސް "ވިއްކާތަން" އެބަފެނޭ: ފަތުހީ

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާއި ގުޅިގެން ރައްޔިތުުންނަށް އިބިލީހުގެ ވަސްވާސް “ވިއްކާތަން” ފެންނަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި އެދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީއަށް ތާއީދު ހޯދުމަށް މިއަދު އެ ދާއިރާގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާއެއްގައި ވަހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ، ރާއްޖޭގެ “ބަފާ ކަމަށް އަމިއްލައަށް ގަބޫލުކުރާ ބައެއް މީހުން” ވަރަށް ދެރަވަރ...

މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ
Thiladhunmathi News

މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ

މަސައްކަތް ކުރަށްވަމުން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ގޮނޑިއެއް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަށްވަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވަން ކަަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދަން އ...