ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 11 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ހެނދުނު ވިދާޅުވީ، އެ އެންމެން ވެސް ދޫކޮށްލައިފިއެވެ.
ރޭ ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ.
Inshaa Allah maadhamaa ves India military out govan maguthakah nikunnaanan. pic.twitter.com/50RwtymVIg
— Mohamed Ismail (@Muhmed_Ismail) January 5, 2022
ޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެ މިނިވަން ވުމާއިއެކު، އިދިކޮޅު ކޯލިޝަނުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލައި ހަރަކާތްތައް ހިންގާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މި ހަރަކާތްތަކުގައި އެ މަނިކުފާނު ވެސް އަންނަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ.
އިދިކޮޅުން ހިންގާ މި ހަރަކާތް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!