Skip to main content
Topic Archive

#ޔޫރޯ 2020

37 Stories filed
އިޓަލީ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް
Sports

އިޓަލީ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގައި އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލު ނައުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިންގްލެންޑްގެ މައްޗަށް އިޓަލީން ކުރި ހޯދާފައި […]

ޔޫރޯ 2020: އިންގްލެންޑް ފުރަތަމަ ފަހަރަށް ފައިނަލަށް
Sports

ޔޫރޯ 2020: އިންގްލެންޑް ފުރަތަމަ ފަހަރަށް ފައިނަލަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޑެންމާކް ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިންގްލެންޑް މެޗު ކާމިޔާބު ކޮށްފައިވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި ގިނަވަގުތު ބޯލަ ހިފަހައްޓައިގެން އިންގްލެންޑުން ކުޅުނު […]

ޔޫރޯ 2020: ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީއަށް
Sports

ޔޫރޯ 2020: ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސްޕެއިން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީން ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ އިނގިރޭސި ވިލާތު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރު ވުމާއި ގުޅިގެން އިތުރު ވަގުތުގެ ދެހާފުކުޅެ ނަތީޖާ ނުނިކުތުމުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-2 ގެ ނެތީޖާއިން ކުރި ހޯދައި އިޓަލީ ވަނީ މުބާރާތުގެ […]

ޔޫރޯ 2020: ފެންވަރު ދައްކާލައި އިންގްލެންޑް ސެމީއަށް
Sports

ޔޫރޯ 2020: ފެންވަރު ދައްކާލައި އިންގްލެންޑް ސެމީއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުކްރެއިންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައި އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި 18000 (އަށާރަ ހާސް) ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް އިންގެލްނެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓިމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު […]

ޔޫރޯ 2020: ޗެކްރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް
Sports

ޔޫރޯ 2020: ޗެކްރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކްރިޕަބްލިކް ބަލިކޮށް ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ. އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓާގެ މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުން ނެވެ. މި މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޑެންމާކުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް މި ހާފުގައި ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ […]

ޔޫރޯ 2020: ސްވިޒަލޭންޑް ވަރަށް ހިތްވަރު ކުރި، އެކަމަކު ސްޕެއިން ސެމީއަށް
Sports

ޔޫރޯ 2020: ސްވިޒަލޭންޑް ވަރަށް ހިތްވަރު ކުރި، އެކަމަކު ސްޕެއިން ސެމީއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 3-1 ގެ ނަތީޖާއިން ސްވިޒަލޭންޑްގެ މައްޗަށް ކުރި […]

ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް
Sports

ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޔުކްރެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުކްރެއިން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ […]

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް
Sports

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގެލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ނޮކައުޓް ސްޓޭޖު މެޗަކުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވެފައި މި ވަނީ 55 އަހަރު ފަހުއެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި […]

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް
Sports

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސްވިޒަލޭން ބައްދަލުކުރި މެޗު ސްވިޒަލޭންޑުން ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ފުޓްބޯޅައިގައި ބަލާހިތްވާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ. މި މެޗު ސްވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި […]

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް
Sports

ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި […]

ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް
Sports

ޔޫރޯ 2020: ނެދަލެންޑްސް ކަޓުވާލައި ޗެކްރިޕަބްލިކް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކްރިޕަބްލިކް ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ބުޑަޕެސްޓް ޕުސްކަސް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސްގެ ޑަމްފްރައިސް އަދި މެންފިސް ޑިޕޭއަށް ލަނޑު ޖަހާނެ ފުރުޞަތު ލިބިގެން […]

ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް
Sports

ޔޫރޯ 2020: އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން މެޗް ކާމިޔާބުކޮށް އިޓަލީ ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީއާއި އޮސްޓްރިއާ ބައްދަލުކުރި ވާދަވެރި ފޯރިގަދަ މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ އިޓަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ އިގިރޭސި ވިލާތުގެ ޤައުމީ ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިޓަލީ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ […]

ޔުރޯ 2020: މަރުގެ ގްރޫޕުން ފްރާންސް ޖަރުމަނު އަދި ޕޯޗުގަލް ދެވަނަ ބުރަށް
Sports

ޔުރޯ 2020: މަރުގެ ގްރޫޕުން ފްރާންސް ޖަރުމަނު އަދި ޕޯޗުގަލް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ބުދަ ދުވަހުގެ ރޭ ފްރާންސާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެ، އަދި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗުވެސް އެއްވަރުވެ މުބާރާތުގެ ދެވަނަ ބުރުން ފްރާންސާއި ޖަރުމަނުގެ އިތުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ […]

ޔޫރޯ 2020: ބެލްޖިއަމަށް އެއްވަނަ، ޑެންމާކަށް ފަހު ވަގުތު ދެވަނަ
Sports

ޔޫރޯ 2020: ބެލްޖިއަމަށް އެއްވަނަ، ޑެންމާކަށް ފަހު ވަގުތު ދެވަނަ

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމާއި ޑެންމާކް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފަހު މެޗަށް ޑެންމާކް ކުރިމަތިލީއިރު އެ ޓީމަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތީ ގެއްލިފައެވެ. ސަބަބަކީ އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފައި ވުމެވެ. ނަމަވެސް އެ ޓީމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާތައުން 4-1 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ. އަދި ބެލްޖިއަމް ވަނީ ފަހު […]

ޔޫރޯ 2020: ނެދަލެންޑްސް ފަހަތުން އޮސްޓްރިއާ ދެވަނަ ބުރަށް
Sports

ޔޫރޯ 2020: ނެދަލެންޑްސް ފަހަތުން އޮސްޓްރިއާ ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސްއާއި އޮސްޓްރިއާ ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ހޯމަ ދުވަހުގެ ރޭ ކުޅެފައިވާއިރު ނެދަލެންޑްސް ވަނީ ނޯތު މެސެޑޯނިއާއަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ޔޯހަން ކްރައިފް އެރީނާގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު ހީކުރެވުނުގޮތާއި ޚިލާފަށް މެޗު ފަށައިގެން […]