މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޓޫރިޒަމް މިނިސްޓްރީ

140 Stories filed
ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
Raajje

ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ. އެހެންކަމުން ފާ...

މިއަހަރުގެ މިހައިތަނަށް އެންމެ މަދުން ފަތުރުވެރިން ރާއްޖެ އައީ މޭ މަހު
Raajje

މިއަހަރުގެ މިހައިތަނަށް އެންމެ މަދުން ފަތުރުވެރިން ރާއްޖެ އައީ މޭ މަހު

މިއަހަރުގެ މިހައިތަނަށް އެންމެމަދުން ފަތުރުވެރިން ރާއްޖެ އައީ މޭ މަހު ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައިި ހުސްވި މޭ މަހު ރާއްޖެއަށް އައިސްފައިވަނީ 120،960 ފަތުރުވެރިންނެވެ. މިއީ މި އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ. މިއީ ފައިބެެއަހަރާއި އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ. 2022 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް […...

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި
Raajje

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި

ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ. މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިން އަދި އެ ނޫން ވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކު...

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި
Raajje

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފި

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއި މަހުގެ 5 ގެ ނިޔަލަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 667،729 ފަތުރުވެރިންނެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރ...

މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
Business

މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މި މަހުގެ 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 600،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %20 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،810 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުން ދަ...

މިއަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިން
Business

މިއަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިން

މިއަހަރުގެ މިހައިތަނަށް އެންމެގިނަ ފަތުރުވެރިން އައީ ރަޝިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭފްރީލް މަހާއި ހަމައަށް 55،5537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ހާމަކުރާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 457005 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުން ދައްކ...

1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެ
Raajje

1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެ

ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެއެވެ. އެގޮތުން މި މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބައިމިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 500597 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި ކާމިޔާބީ ހޯދުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަ...

ރާއްޖެއަށް މިއަހަރު އަންނަ ބައިލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ
Business

ރާއްޖެއަށް މިއަހަރު އަންނަ ބައިލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ

މިއަހަރުގެ ފުރަތަމަ ތިން މަހު ބައިލައްކަ އާ ގާތަށް ފަތުރުވެރިން އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނިއަރީން މާރިޗު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް 483،624 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފައެވެ. އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 5،794 ޓޫރިސްޓުން އަންނައިރު، މިއަހަރުގެ ބައިލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް އަންނާނެއެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން...

ލޯކަލް ޓޫރިޒަމްގެ ސަބަބުން މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ނަފާ ލިބޭ: މައުސޫމް
Raajje

ލޯކަލް ޓޫރިޒަމްގެ ސަބަބުން މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ނަފާ ލިބޭ: މައުސޫމް

ލޯކަލް ޓުއަރިޒަމްއަކީ ރާއްޖެއަށް ވަރަށް މުހިންމު އުފެއްދުމެއް ކަމަށާއި އޭގެ ސަބަބުން ރަށްރަށުގައި ގެސްޓް ހައުސް ހިންގާ މީހުންނާއި ރަށްރަށުގައި ހުރި ކުދިކުދި ސިނާއަތްތަކަށް ވެސް މަންފާ ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގައި ބައިނަލްއަޤްވާމީ މިޑިއާތައް ހުޅުވާލައިގެން ބޭއްވި ޓޯކް ޝޯވއެއްގައި ވާހަކަ ދައްކަވަމުންނެވެ. “މޯލްޑިވްސް މީޑިއާ މީޓް”ގެ ނަމުގައި ކުރިއަށ...

ފެބްރިއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން
Raajje

ފެބްރިއަރީ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން

ފާއިތުވި ފަސް އަހަރުގެ ފެބްރުއަރީ މަސްތަކާއި އަޅާބަލާއިރު، މިދިޔަ ފެބްރިއަރީގައި ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ‘މަންތްލީ ސްޓެޓިސްޓިކް’ ގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ 177،915 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްވުރެ 3.1 އިންސައްތައިގެ ކުރިއެރުމެކެވެ. ސްޓެޓިސްޓިކް އިން ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6354 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެގިނައިން އެއްދުވަހަކަށް ފ...

ފަތުރުވެރިންގެ އާ ރެކޯޑެއް
Business

ފަތުރުވެރިންގެ އާ ރެކޯޑެއް

އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިއްޔެ 8028 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މިއީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއި ސްޓޭކްހޮލްޑަރުންނަށް މަރުހަބާ ކިޔައިފައެވެ. ޓޫރިޒަމް މިނިސްޓްރީބް ނެރެފައިވާ ތަފާސްހިސާބުތަކަށް ދައްްކާ ގޮތުގައި މިއަހަރުގެ ފެބްރު...

ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ
Raajje

ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިން އައިސްފައެވެ. މިއީ ފައިބެއަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،31،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 1،51،552 ފަ...

ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް
Raajje

ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް

ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓ...

ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ
Thiladhunmathi News

ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ

ތިލަދުންމަތީގެ އަތޮޅުތަކުން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ތިލަދުންމަތިން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ...

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް
Raajje

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖެއަށް މިއަހަރު އެންމެފުރަތަމަ އައީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ ކޮލައި ސްޓްރޭޓިކަކް އެވެ. އޭނާ އަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހާއްސަ ހަރަކާތެއް ބާއްވަމުން ނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔ...