މިއަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިން

ފޮޓޯ: ހއ. އައިލެންޑް ހައިޑަވޭ ބީޗް ރިސޯޓް
ފޮޓޯ: ހއ. އައިލެންޑް ހައިޑަވޭ ބީޗް ރިސޯޓް

މިއަހަރުގެ މިހައިތަނަށް އެންމެގިނަ ފަތުރުވެރިން އައީ ރަޝިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭފްރީލް މަހާއި ހަމައަށް 55،5537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ހާމަކުރާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 457005 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

އެ މިނިސްޓްރީން ބުނީ ދުވާލެއްގެ މައްޗަށް 5848 ފަތުރުވެރިން ރާއްޖެއަށް މިހާރު ޒިޔާރަތް ކުރާ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރަނީ 8 ދުވަސް ކަމަށެވެ.

ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާލާއިރު، އެ ލިސްޓުގެ އެންމެކުރި ލިބެނީ ރަޝިއާ އަށެވެ. އެ ގައުމުން 68،102 ފަތުރުވެރިން މިހައިތަނަށް އައިސްފައިވާއިރު، ދެވަނައިގާ އޮތް އިންޑިއާ އިން 58،859 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިސްޓުގެ ތިން ވަނައިގާ އިނގިރޭސިވިލާތް އޮތީ 55،093 ފަތުރުވެރިންނާއެކުގަ އެވެ. އަދި 48،137 ފަތުރުވެރިންނާއެކު ހަތަރު ވަނަ އިޓަލީއަށް ލިބޭއިރު، ފަސް ވަނައިގާ އޮތީ ޖަރުމަނުވިލާތެވެ. އެގައުމުން 41،489 ފަތުރުވެރިން ވަނީ މިހައިތަނަށް ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނޭ ގޮތަށް މިހާރު 1232 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ ޖުމްލަ 60،510 އެނދެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި