މިއަހަރުގެ މިހައިތަނަށް އެންމެމަދުން ފަތުރުވެރިން ރާއްޖެ އައީ މޭ މަހު ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައިި ހުސްވި މޭ މަހު ރާއްޖެއަށް އައިސްފައިވަނީ 120،960 ފަތުރުވެރިންނެވެ. މިއީ މި އަހަރުގެ ފުރަތަމަ 5 މަސްދުވަހަށް ބަލާއިރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި މަހެވެ.
މިއީ ފައިބެެއަހަރާއި އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއް ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.
2022 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް އައިސްފައިވަނީ 125،528 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މި އަހަރުގެ މޭ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ކޮވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު، މިއީ އިތުރު ވުމެކެވެ. 2019 ވަނަ އަހަރުގެ މޭ މަހު ރާއްޖެ އައިސްފައިވަނީ 64،613 ފަތުރުވެރިންނެވެ.
މީގެ އިތުރުން މުޅި އަހަރަށް ބަލާއިރު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރަށްވުރެ މަތީގައި ހުރިއިރު، މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު 809245 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. 2022 ވަނަ އަހަރު ރާއްޖެ އައީ 702،332 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖަނަވަރީ މަހު 172،499 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައީ 177،915 ފަތުރުވެރިންނެވެ. އަދި މާރޗް މަހު 173،514 ފަތުރުވެރިން އަައިއިރު، އޭޕްރީލް މަހު 164،357 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ޤައުމުގެ ތެރޭގައި ރަޝިއާ، އިންޑިއާ، ޔޫކޭ، އިޓަލީ، ޖަރުމަނުވިލާތް ހިމެނެއެވެ. އަދި ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑާއި ސައުތު ކޮރެއާ ވެސް ހިމެނެއެވެ.
ރާއްޖޭގެ ފަތުރވެރިކަމާއި ބެހޭ ވުޒާރާގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެގޮތުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1241 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މުޅި ޖުމްލަ 60،734 އެނދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!