މި މަހު 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ފަތުރުވެރިއަކު ރާއްޖޭގައި އުފާކޮށްލަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ފަތުރުވެރިއަކު ރާއްޖޭގައި އުފާކޮށްލަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް

މި މަހުގެ 12 ގެ ނިޔަލަށް 592،605 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 600،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %20 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ.

މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،810 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުން ދައްކާއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަސް ހޭދަކުރާ ކަމަށް ވެސް ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، ރަޝިއާ އިން 71،989 ފަތުރުވެރިން އައިސްފައިވާއިރު، އިންޑިއާ އިން 62،415 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އިނގިރޭސިވިލާތުން 58،584 ފަތުރުވެރިންނާއި އިޓަލީ އިން 50،576 ފަތުރުވެރިން އަދި ޖަރުމަނުން 44،797 ފަތުރުވެރިން މިހައިތަނަށް ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން، ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޒަލޭންޑް އަދި ދެކުނު ކޮރެއާ އިންނެވެ.

މިހާރު ރާއްޖޭގައި 1،231 ޓޫރިސްޓު ފެސިލިޓީ ހިންގާއިރު، އެއީ 60،514 އެނދެވެ. އަދި މި ވަގުތު ރާއްޖެއަށް ބައިނަލްއަގުވާމީ 37 އެއަރލައިނަކުން ޝެޑިއުލް ދަތުުރުތައް އަންނަނީ ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި